ތުރުކީން ގެނައި ކާޑުގެ ފުރަތަމަ ޝިޕްމަންޓް ދެމަސް ކުރިން ވިއްކައި ހުސްކޮށްފި: އެސްޓީއޯ

ތުރުކީން ގެނައި ކާޑުގެ ފުރަތަމަ ޝިޕްމަންޓް ދެމަސް ކުރިން ވިއްކައި ހުސްކޮށްފި: އެސްޓީއޯ ތުރުކީން ރާއްޖެއަށް ގެނައި ކާޑުގެ ފުރަތަމަ ޝިޕްމަންޓް ދެމަސް ކުރިން ވިއްކައި ހުސްކޮށްފައިވާ ކަމަށް އެސް.ޓީ.އޯ އިން ހާމަކޮށްފިއެވެ. އެސް.ޓީ.އޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވިދާޅުވީ ތުރުކީން ގެނައި ފުށުގެ ފުރަތަމަ ޝިޕްމަންޓް އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. އަދި އެފަހަރު 20،800 ފުށް ބަސްތާ ގެނައި ކަމަށް ޝާހު ވިދާޅުވިއެވެ. އަދި އޭގެ އިތުރުންވެސް އެހެނިހެން ޒަރޫރީ ތަކެތި ރާއްޖެއަށް ގެނައުމަށް އެސް.ޓީ.އޯ އިން އިސްކަންދޭ ކަމަށް ޝާހް ވިދާޅުވިއެވެ. ޝާހް މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަ ކުރުމަށް ތުރުކީއާއެކު އެއްބަސްވުމެއް ޤާއިމުކޮށްފައިވާ ކަމަށް ޖަނަވަރީ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑީއާތަކަށް ދެއްވި ސްޓޭޓްމަންޓެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަ ކުރުމަށް ތުރުކީއާއެ...