ތުރުކީން ގެނައި ކާޑުގެ ފުރަތަމަ ޝިޕްމަންޓް ދެމަސް ކުރިން ވިއްކައި ހުސްކޮށްފި: އެސްޓީއޯ

ތުރުކީން ގެނައި ކާޑުގެ ފުރަތަމަ ޝިޕްމަންޓް ދެމަސް ކުރިން ވިއްކައި ހުސްކޮށްފި: އެސްޓީއޯ



ތުރުކީން ރާއްޖެއަށް ގެނައި ކާޑުގެ ފުރަތަމަ ޝިޕްމަންޓް ދެމަސް ކުރިން ވިއްކައި ހުސްކޮށްފައިވާ ކަމަށް އެސް.ޓީ.އޯ އިން ހާމަކޮށްފިއެވެ.

އެސް.ޓީ.އޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވިދާޅުވީ ތުރުކީން ގެނައި ފުށުގެ ފުރަތަމަ ޝިޕްމަންޓް އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. އަދި އެފަހަރު 20،800 ފުށް ބަސްތާ ގެނައި ކަމަށް ޝާހު ވިދާޅުވިއެވެ.


އަދި އޭގެ އިތުރުންވެސް އެހެނިހެން ޒަރޫރީ ތަކެތި ރާއްޖެއަށް ގެނައުމަށް އެސް.ޓީ.އޯ އިން އިސްކަންދޭ ކަމަށް ޝާހް ވިދާޅުވިއެވެ.


ޝާހް މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަ ކުރުމަށް ތުރުކީއާއެކު އެއްބަސްވުމެއް ޤާއިމުކޮށްފައިވާ ކަމަށް ޖަނަވަރީ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑީއާތަކަށް ދެއްވި ސްޓޭޓްމަންޓެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަ ކުރުމަށް ތުރުކީއާއެކު އެއްބަސްވުމެއް ޤާއިމުކޮށްފައިވާ ކަމަށެވެ.


ރައީސް އެދުވަހު ވިދާޅުވީ އަސާސީ ކާބޯތަކެތި ހޯދުމަށް އެންމެ ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.


އެގޮތުން ހަނޑުލާއި ހަކުރާއި ފުށް ހޯދުމަށް ތުރުކީއާއެކު އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށާއި އެގައުމުން ރާއްޖެއަށް އަހަރު ދުވަހަށް ބޭނުންވާ ކާޑުގެ ބާވަތްތައް ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ

Comments

Popular posts from this blog

17 aharuge dhivehi kujjaku 38kg voshimaheh baanaifi.

އުތީމުން ބާރަށަށް އޮޑިފުރާ މަސް ހަދިޔާކޮށްފި