ބާރަށަށް މުންތޭ
![]() |
މުންތޭ |
މުމްތަހާޒު ޢަބްދުއްރަޙީމް، (އާންމުނަމުންނަމަ މުންތޭ ނުވަތަ ބަރޯ ) އަކީ ބާރަށު ކައުންސިލަށް ވާދަކުރައްވާ ހަމައެކަނިި މިނިވަންކެންޑިޑޭޓެވެ.
މުުންތޭ ތަޢުލީމް ޙާސިލްކުރެއްވީ މާލޭ، މަދްރަސަތުލް ޢަމީރު އަޙްމަދުންނެވެ. ތަޢުލީމީ ދުވަސްވަރުވެސް މުންތޭއަކީ ކާމިޔާބު އަދި ކޮންމެ ހަރަކާތެއްގައިވެސް އަމިއްލައަށް އިސްނަންގަވައިގެން އުޅުއްވާ ދަރިވަރެއްގޮތުގައިފާާހަގަކޮށްލެެެވެއެވެ.
![]() |
ރަށުއެންމެންވެސް ދަންނަ މުންތޭއަކީ މަޖާޒީ މިޒާޖެއްގެ ބޭފުޅެކެވެ.އެންމެނާއިވެސް ގުޅޭ ބޭފުޅެކެވެ. ރަށުރައްޔިތުންގެ މެދުގައި މުންތޭ
މަޤްބޫލުކަން ހޯދާފައިވަނީ ސަޤާފީ ހަރަކާތްތަކާއި އީދު ސްޓޭޖްމަތިން މީހުންގެ ތުންފަތްމަށްޗަށް ހިނިތުންވުން ގެނެސްދެއްވާތީއެވެ. ޒުވާނުން މެދުގައި ހާއްސަކޮށް މުންތޭގެ ރަންދުވަސް ވަރުގައި ފުޓްބޯޅަދަނޑުންނެވެ. ''ދަނޑުމަތީގައިނަމަ ރޫނީއޭ ގޮވާނެ، ދެން ކުޅިބަލަން ތިއްބަވާބޭފުޅުން މަޖަލަކަށް ހައްދަވައިގެން އެއީ'' ފޯރީއާއިއެކު ހިނިތުންވަމުން މުންތޭވިދާޅު ވިއެވެ.
![]() |
MACL |
ސިޔާސީ މައިދާނުގައި މުންތޭ އަކީ ދޫކޮށްލާވަރުގެ ބޭފުޅެއްނޫނެވެ.އޭޭނާވަނީ އެެެެެެެެމްޑީޕީ ފުރަތަމަ ދައުރުގައި ޔޫޓިލިޓީ ބާރަށު ބުރާންޗްްގެ ސިޔާސީ މަޤާމާއި ބާރަށު އެމްޑީޕީ ހަރުގެހިންގުމުގައި އިސްދައުރެއް އަދާކުރައްވާފައެވެ. އަދި އޭނާ އެމްޑީޕީ އިން ވަކިވެވަޑައިގަތް އިރު އަދާކުރައްވަމުން ގެންދެވީ އެމްޑީޕީ ބާރަށު ދާއިރާގެ ނައިބުރައީސްް މަޤާމުކަން ފާހަގަކޮށްލެވެއެވެ.
މުންތަހާޒު ވިދާޅުވީ، އަމިއްލަގޮތުން ކައުންސިލަށް ވާދަކުރައްވަން ނިންމެވީ ޕާޓީތަކުން ބާރަށަށް އެންމެ އެދޭވޭ ބަދަލު ގެނެވޭނެ ކަމަށް ޤަބޫލުނުކުރައްވާތީއެވެ. ''ރައްޔިތުން، ޕާޓީތަކަށް ފުރުސަތު ދެއްވައިފި ނަމަވެސް ރަށުތަރައްޤީއަށް އެދެވޭ ހެޔޮ ބަދަލެއް އައިސްފައެއް ނުވޭ، އެހެންވެގެން އަޅުގަނޑު އަޒުމާ ހިތްވަރާއެކު ކެރިގެން މިހުރީ ނިކުމެފަ،އެއީ ރައްޔިތުން ވެސް ވިސްނާގޮތް'' މުންތޭ ވިދާޅުވިއެވެ.
ރަށަށް ތަރައްޤީ ގެނެވޭނެކަމާށާއި،އެކަން ކުުުުުުރަން ސިޔާސީ ތަޖުރިބާހުރި ކައުސިލް މެމްބަރެއް ހުންނަޖެހޭކަމަށް މުންތޭ ޤަބޫލުކުރައްވައެވެ.'' އަޅުގަނޑަަަަށް ރައްޔިތުން ފުރުސަތު ދެއްވައިފި ނަމަ،މާތްﷲ ގެ ވާގިފުޅާއެކު ލޯކަލް ޓޫރިޒަމް ގެންނާނަން، ބާރަށަށް އެންމެ މުހިއްމީ ތަޢްލީމީީ ނިޒާމުު ހަރުދާނަ ކުރުން، މިފަދަ އެތައްކަމެއް އެބަހުރި، އެކަންކަން ﷲ އިރާދަފުޅުން ކުރައްވާނަން'' މުންތޭގެ ތަރައްޤީ ޕްލޭނުން ދެތިންކަމެއް ހިއްސާކުރެއްވިއެވެ.
''އަޅުގަނޑުގެ އެދުމަކީ ކުރިޔަށް އޮތް ކައުންސިލް އިންތިޙާބުގައި، އަޅުގަނޑަށް ، އާދެ ކެންޑިޑޭޓް ނަމްބަރު 13 އަށް އިޙްލާސްތެރިކަމާއެކު ވޯޓު ދިނުން، އަޅުގަނޑު ހޮއްވަވައި ދެއްވައިފި ނަމަ މާތްﷲ ގެ ވާގިފުޅާއެކު ރަށަށް ހެޔޮ ބަދަލުތައް ގެނެސްދެއްވާނަން'' މުންތޭ ފަހުބަހެއް ގޮތުން ހިއްސާކުރެއްވިއެވެ.
Comments