Posts

Showing posts from July, 2024

ގައުމު ބަނގުރޫޓު ވާން ފެށީމައި ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން: ޝާހިދު

Image
  ގައުމު ބަނގުރޫޓުވާން ފެށުމުން ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ މެންބަރުންގެ އަދަދު މަދުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަ އެވެ. ”ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާވެސް ރަށްރަށުގެ އާންމުހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނި ކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެ ފިނި ކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ،“ ޝާހިދު ވިދާޅުވި އެވެ. ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ދައުލަތުގެ އިސްވެރިޔާގެ ގޮތުގައި އެންމެ މީހަކު ހޮވާއިރު ކުޑަ އާބާދީއެއް އޮންނަ ރަށެއްގައި ގިނަ އަދަދެއްގެ މެންބަރުން އިންތިހާބު ކުރުމަކީ ހަރަދު ބޮޑު ކަމެއް ކަމަށެވެ. އެ ހަރަދު ކުޑަކުރުމުގެ ގޮތުން ކުޑަ އާބާދީތަކުގައި ކައުންސިލް ރައީސާއި ނައިބު ރައީސެއް ހޮ...

ޣައްޒާގެ 90 އިންސައްތަ މީހުން ގެދޮރުނެތް

Image
 އދ.އިން ބުނީ 1.9 މިލިއަން މީހުންގެ ގެދޮރު ނެތިފައިވާ ކަމަށެވެ. ޣައްޒާގައި ދިރިއުޅެނީ 2.1 މިލިއަން މީހުން ކަމަށްވާތީ މިއީ ގާތްގަނޑަކަށް ޣައްޒާގެ މުޅި އާބާދީއެވެ. މި ކަން މިހެން ދިމާވީ ޣައްޒާގެ އުތުރުގައި ބާކީ ތިބި 80،000 މީހުން ޣައްޒާއިން ނުކުތުމަށް އިސްރާއީލުން އެންގުމުން ކަމަށް އދ.އިން ބުންޏެވެ. އދ.ގެ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އިދާރާ ޔޫ.އެން.އާރް.ޑަބްލިޔު.އޭ އިން ބުނީ ޣައްޒާގެ އުތުރުގައިވާ ޝުޖާޔާ ސަރަހައްދުން ހަމާސް "ހުސްކޮށްލައިފައިވާ" ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ކަމަށެވެ. "ޣައްޒާގެ 90 ޕަސެންޓް މީހުންގެ ގެދޮރު މިހާރަކު ނެތް. މިދިޔަ މެއި މަހު ރަފަހްއަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން 1.7 މިލިއަން މީހުންގެ ގެދޮރު ނެތި، މިހާރު އެ އަދަދު ވަނީ 1.9 މިލިއަނަށް އަރައިފައި،" ޔޫ.އެން.އާރް.ޑަބްލިޔު.އޭ.ގެ އޮފިޝަލަކު ވިދާޅުވިއެވެ. ވޭތުވެދިޔަ ނުވަ މަސް ދުވަހު ހަމާސްއާ ދެކޮޅަށް އިސްރާއީލު އަސްކަރިއްޔާއިން ކުރަމުންދާ ހަނގުރާމަ އިސްރާއީލުން ނިންމާލާނީ ކިހިނެތް ކަމާއި ކޮން އިރަކުން ކަމެއް ނޭނގޭ ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވިއެވެ. އިސްރާއީލުން ބުނަނީ ހަނގ...