ޣައްޒާގެ 90 އިންސައްތަ މީހުން ގެދޮރުނެތް



 އދ.އިން ބުނީ 1.9 މިލިއަން މީހުންގެ ގެދޮރު ނެތިފައިވާ ކަމަށެވެ. ޣައްޒާގައި ދިރިއުޅެނީ 2.1 މިލިއަން މީހުން ކަމަށްވާތީ މިއީ ގާތްގަނޑަކަށް ޣައްޒާގެ މުޅި އާބާދީއެވެ. މި ކަން މިހެން ދިމާވީ ޣައްޒާގެ އުތުރުގައި ބާކީ ތިބި 80،000 މީހުން ޣައްޒާއިން ނުކުތުމަށް އިސްރާއީލުން އެންގުމުން ކަމަށް އދ.އިން ބުންޏެވެ.
އދ.ގެ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އިދާރާ ޔޫ.އެން.އާރް.ޑަބްލިޔު.އޭ އިން ބުނީ ޣައްޒާގެ އުތުރުގައިވާ ޝުޖާޔާ ސަރަހައްދުން ހަމާސް "ހުސްކޮށްލައިފައިވާ" ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ކަމަށެވެ.

"ޣައްޒާގެ 90 ޕަސެންޓް މީހުންގެ ގެދޮރު މިހާރަކު ނެތް. މިދިޔަ މެއި މަހު ރަފަހްއަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން 1.7 މިލިއަން މީހުންގެ ގެދޮރު ނެތި، މިހާރު އެ އަދަދު ވަނީ 1.9 މިލިއަނަށް އަރައިފައި،" ޔޫ.އެން.އާރް.ޑަބްލިޔު.އޭ.ގެ އޮފިޝަލަކު ވިދާޅުވިއެވެ.



ވޭތުވެދިޔަ ނުވަ މަސް ދުވަހު ހަމާސްއާ ދެކޮޅަށް އިސްރާއީލު އަސްކަރިއްޔާއިން ކުރަމުންދާ ހަނގުރާމަ އިސްރާއީލުން ނިންމާލާނީ ކިހިނެތް ކަމާއި ކޮން އިރަކުން ކަމެއް ނޭނގޭ ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވިއެވެ. އިސްރާއީލުން ބުނަނީ ހަނގުރާމަ ހުއްޓާލާނީ ހަމާސްގެ އަސްކަރީ ބާރާއި ހަމާސްއިން ހިންގާ ސަރުކާރު ނައްތައިލައިފައި ކަމަށެވެ. އަދި މީގެ އިތުރުން މިދިޔަ އަހަރު ހަމާސްއިން ރަހީނު ކުރި ޔަހޫދީން މިނިވަންކޮށްފައި ކަމަށެވެ.

އިސްރާއީލުން ބުނަނީ ހަނގުރައިމައިގެ އެންމެ ފަހު މަރުހަލާއަކަށް ވާނީ ދެކުނު ޣައްޒާގެ ރަފަހުން ހަމާސް ނައްތައިލުން ކަމަށެވެ. އެ ގޮތުން ހަމާސް މިހާރު އުޅެނީ ހަމައެކަނި ރަފަހްގައި ކަމަށް ބުންޏެވެ. ނަމަވެސް ޣައްޒާގެ އުތުރުގައި އަދިވެސް ހަނގުރާމަ ކުރިއަށްދާތީ ޣައްޒާގެ އުތުރުގައި ހަމާސްގެ ބާރު ކަނޑުވައި ނުލެވޭ ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވިއެވެ.

އިސްރާއީލުން ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަމާސްއިން 1،200 ޔަހޫދީން މަރައިލައި، 200 އަށް ވުރެ ގިނަ ޔަހޫދީން ރަހީނު ކުރުމުންނެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން މިހާތަނަށް ވަނީ ފަލަސްތީނުގެ 38،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ.



Comments

Popular posts from this blog

ސިޔާމުވެސް ރ.އިބޫ އާއި އެކު ކުރިއަށް

ޑިޖިޓަލް އައިޑީ ކާޑް އަންނަ މަހުން ފެށިގެން ބޭނުން ކުރަން ފަށަނީ

ބާޣީ ލުތުފީީ އެދުނުގޮތައް ހުކުމް ކޮށްފި