ރައީސްގެ ރިޔާސީ ބަޔާން ހަބޭސް
ރައީސްގެ ރިޔާސީ ބަޔާން ހަބޭސް
ދާދި ފަހުން ފަހުން އެމް.ޑީ.ޕީ ރިޔާސީ ޕްރައިމަރީ ކެމްޕެއިންތެރޭގައި ސަރުކާރަށް ފާޑުކިޔާ އިދިކޮޅުފަރާތްތަކާއި ގުޅިގެން އެތައްކަމެއްގެ ތުހުމަތު އެޅުވިއެވެ.ނަމަވެސް އެހުރިހާކަމެއްވެސް އާހިރުގައި ވެގެން މިދިޔައީ ހުސްވާހަކަތަކަކަށެވެ. އެކަން ވަރަށްވެސް ފުރިހަމައަށް ރައީސްގެ ރިޔާސީ ބަޔާނުން އިވިގެން ހިނގައްޖެއެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހަށް މާބޮޑަށް ސަމާލުކަމެއް ރައީސް ނުދެއްވާ ސީދާ ހިދުމަތައް އަމާޒުކޮށްފައިވާކަމުން ދޭހަވަނީ ހެޔޮވެރިކަމެވެ. ޖުމުލަކޮށް އިޖުތިމާއި ރައްކާތެރިކަމާއި ސުލްހަމަސަލަސްކަމާއި އަމާން ވެއްޓާއި، އަބުރުވެރި ދިރިއުޅުމުގެ ވާހަކައެވެ. މުޅިންވެސް އިންސާނީ ހިދުމަތްތައް ސަރުކާރުން ނިމިދިޔަ 4އަހަރު ކޮށްދީފައިވާކަން ހާމަކޮށްދިންކަމެވެ.
އަދުލު އިންސާފު ގާއިމުކުރުމާއި ފަހި ފުރުސަތު ޒުވާނުންނަށް ހޯއްދަވައިދެއްވިކަމެވެ. މަސްތުވާތަކެތީގެ ވަބާގައި ގެނބިފައިތިބި އެތައް ޒުވާނަކު އަލުން އަނބުރާ މުޖުތަމައަށް ބޭނުންތެރި ބައެއްގޮތުގައި ނެރެ އަދި އެކަން ވަށާޖެހޭ ނިޒާމަކުން ދައުރުވާ ޕުރޮގްރާމެއް ފެއްޓެވިކަމެވެ.
އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އިތުރު ސަބުމެރީން ކޭބަލްއެއް އެޅެނީއެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއެވެ. މާލޭ ރައްޔިތުންނަށް ބިންދޫކުރުމާއި ރާއްޖެތެރޭގައި އެތަކެއް މަޝްރޫއުތަކެވެ. ރާއްޖެއާއި ބޭރުދުނިޔޭގެ ގުޅުން ބަދަހިކޮށްފިއެވެ.
ކޮންމެއަކަސް ރައީސްގެ ރިޔާސީބަޔާން ހަބޭސްވަނީ މުޅިބަޔާން ބިނާވެފައިއޮތީ ރައްޔިތުންނަށް ކޮށްދެއްވި ހިދުމަތާކަމުންނެވެ. ބަޔާން ނިންމާލަމުންވެސް ރައީސް އެދިލެއްވީ އެންމެން ގުޅިގެން މަސައްކަތްކޮށްދިނުމަށެވެ.
Comments