ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 21،000ން މައްޗަށް



 ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 21،034ށް ވަނީ އަރައިފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،535ކެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 165 މީހަކަށް ފަރުވާދެމުން އަންނައިރު، 64 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ. އަދި 18،428 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.އެޑްމިޓް ކުރަން ޖެހުނު މީހުންގެ އަދަދު 2500ށް ވުރެ ގިނަކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެއެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުންނަށް ފަރުވާ ދީފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައިކަމަށްވާއިރު، ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން ކޮވިޑް-19އަށް އަދި އެހެނިހެން ބަލިތަކަށް ފަރުވާދޭން ތިބީ އެއް ބައެއްކަމަށާއި، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާންދޭން ޖެހޭ ބަލިމީހުންގެ އަދަދު ދަށަށް ނުދާކަމަށް އެޗްއީއޯސީން ބުނެއެވެ.

Vote munthey 
✔ barashu council 13 


ރާއްޖެއިން ކޮވިޑް-19ގެ ތިން ވަނަ ރާޅާއި ކުރިމަތިލާފައިވާއިރު، ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއް ސަރަހައްދަކަށް އެއްވުން މަނާކޮށްފައިވާއިރު ހާއްސަ ހުއްދައިގައި އަތޮޅުތެރެއަށް ދިއުމަށްވެސް ނެގެޓިވް ޕީސީއާރް ޓެސްޓު ހުށަހަޅަން ޖެހޭ ގޮތަށް ވަނީ ނިންމާފައެވެ. އަދި އިރުއޮއްސި ހަޔަކުން ފެށިގެން އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާކޮށްފައިވާއިރު، ރޭގަނޑު 11ން ފެށިގެން ބޭރުގައި މީހުން އުޅުން ވަނީ މަނާކޮށްފައެވެ.


Comments

Popular posts from this blog

ތުރުކީން ގެނައި ކާޑުގެ ފުރަތަމަ ޝިޕްމަންޓް ދެމަސް ކުރިން ވިއްކައި ހުސްކޮށްފި: އެސްޓީއޯ

17 aharuge dhivehi kujjaku 38kg voshimaheh baanaifi.

އުތީމުން ބާރަށަށް އޮޑިފުރާ މަސް ހަދިޔާކޮށްފި