9 aharuge kujjaku haafizkamusanadho haasilkohfi

އަޝްހަމްގެ ސަނަދު


   މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރު، މުހައްމަދު އަޝްހަމް 9، މއ. އަރިވަރު، ކީރިތި ގުރުއާން ހިތުދަސްކޮށް، ހާފިޒްކަމުގެ އިމްތިހާނު ނިންމައި ގުރުއާން ހިފްޒު އިމްތިހާން ކުރާ ކޮމެޓީއަށް ކިޔައިދީ ސަނަދު ހާސިލްކުރީ ފެބުރުއަރީ މަހުގައެވެ. މި އިމްތިހާނުން އަޝްހަމް ފާސްވެފައިވަނީ އެވަނަ ދަރަޖައިގައެވެ.

އަޝްހަމް ވަނީ އޭނާގެ އުމުރުން 5 އަހަރުގައި ޤުރުއާން ހިތުދަސްކޮށް، ސްކޫލަށް  ކިޔައިދީފައެވެ. ހާފިޒުކަމުގެ ސަނަދު ނެގުމުގެ މަސައްކަތް އަޝްހަމް ފެށީ އޭނާގެ އުމުރުން 5 އަހަރުގައި 2017 ވަަނަ އަހަރުއެވެ.

އެހާ ޅައުމުރުގައި ޤުރުއާން ހިތުދަސްކުރުމުން އެއިރު ސައުދީ އެމްބަސީންވަނީ އަޝްހަމްގެ ކިޔެވުމަށް 1000 ޑޮލަރުގެ އެހީއެއް ދިީފައެވެ. މިއާއެކު މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ހިލޭ ކިޔެވުމުގެ ފުރުސަތު ވެސް ސައުދީ އެމްބަސީންވަނީ އަޝްހަމަށް ހަމަޖައްސައިދީފައެވެ.

އަޝްހަމަކީ އޯޓިޒަމް އަދި އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސްއޯޑަރ (އޭޑީއެޗްއޭޑީ) ހުންނަ ކުއްޖެކެވެ


Comments

Popular posts from this blog

ސިޔާމުވެސް ރ.އިބޫ އާއި އެކު ކުރިއަށް

ޑިޖިޓަލް އައިޑީ ކާޑް އަންނަ މަހުން ފެށިގެން ބޭނުން ކުރަން ފަށަނީ

ބާޣީ ލުތުފީީ އެދުނުގޮތައް ހުކުމް ކޮށްފި