މުރައިދޫއިން އަނެއްކާވެސް ހަދިޔާ
![]() |
ނަޒީހު ފޮޓޯ |
އެވަރަކުން އަދި ނުނިމެއެވެ. މުރައިދޫ ރައްޔިތުން ބުނީ، ބާރަށަށް ދިމާވި ހިތާމައިގައި ބައިވެރިވެ އަދި ކޮވިޑުން ސަލާމަތްވުމަށް އެކީގައި މަސައްކަތް ކުރާނެކަމަށާއި، ހެޔޮދުއާ ކުރާކަމަށެވެ.
މިއަދު އަނެއްކާ މިވަނީ މުރައިދޫ ރައްޔިތުންގެ ފަރާތުން ހަނޑުލާއި ނޫޑްލިސް ކޭސް ހަދިޔާކޮށްފައެވެ. މިކަމާއި ގުޅިގެން ބާރަށު ރައްޔިތުންގެ ނަމުގައި ކައުންސިލް މެންބަރުންނާއި، ބާރަށު ދާއިރާ ކުރީގެ އިއްޒަތްތެރި މެމްބަރު ވެސް ވަނީ ޝުކުރު ދަންނަވާފައެވެ.
ކޮންމެއަކަސް މިކަމަކީ މުރައިދޫ ރައްޔިތުން ފަރާތުން ދެއްކެވި ނަމޫނާއެކެވެ.
ބާރަށުން މިހާރު ވަނީ ޖުމްލަ 25 މީހުން ކޮވިޑަަށްް ފައްސިވެފައެވެ.
Comments