ކެމްޕެެެެެއިން އުސޫލު އުވާލަންޖެހިއްޖެ

  
 އެޗް.ޕީ.އޭ އިން އިންތިހާބާ ބެހޭ ގަވައިދުގެ، ކެމްޕެއިން ކުރުމަށް ކަރަންޓީނު ވުމަކާއި ނުލާ އެއްރަށުން އަނެއްރަށަށް އަރާފޭބޭނެކަމަށް އެކުލަވާލި އުސޫލު، ރައްޔިތުން ރަތައްއެރުމުން، އުވާލައިފިއެވެ.
ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލް އިންތިހާބު ކުރިޔަށް ގެންދިއުމަށް އަމަލުކުރުމަށް  ގެނައި އިސްލާހުގެ 12ވަނަ މާއްދާ އުވާލަން ނިންމިކަމަށް އެޗް.ޕީ.އޭ އިން ހާމަކުރީ ރޭ 23:02ގައި ކުރި ޓުވީޓަކުންނެެވެ. 


އެޗް.ޕީ.އޭ ގެ ގިނަ ނިންމުންތައް ސިޔާސީ ކަމަށާއި، ސަރުކާރުން އެދޭގޮތަށް ކަންކަން ކުރާކަމަށް ބައެއް ރައްޔިތުން ފާހަގަކުރެއެވެ. އަދިި އިއްޔެ ސަރުކާރު ހިންގާ ޕާޓީން އެޗް.ޕީ.އޭ ގައިޑްލައިނާ ހިލާފަށް ހުޅުމާލޭގައި ބޭއްވި ހަފުލާކާއި ގުޅިގެން ރައްޔިތުންގެ ފާޑުކިޔުން އެމްޑީޕީ ގެ ނަމޫނާ ކެމްޕެއިންނަށް އަމާޒުވުމާއި ގުޅިގެން ބުނެފައިވަަނީ އެއީ އެޗްޕީއޭ އިން ހުއްދަނަގައިގެން ހިންގި ހަރަކާތެއްކަމަށްށެވެ.
ކޮންމެއަކަސް 12 ވަނަ މާއްދާއަށް ގެނައި އުސޫލު އުވާލުމާއިގުޅިގެން ދެން ކެމްޕެއންނަށް ދެވޭނީ ކަރަންޓިނު ވާގޮތަށެވެ.

Comments

Popular posts from this blog

ސިޔާމުވެސް ރ.އިބޫ އާއި އެކު ކުރިއަށް

ޑިޖިޓަލް އައިޑީ ކާޑް އަންނަ މަހުން ފެށިގެން ބޭނުން ކުރަން ފަށަނީ

ބާޣީ ލުތުފީީ އެދުނުގޮތައް ހުކުމް ކޮށްފި