ބާޣީ ލުތުފީީ އެދުނުގޮތައް ހުކުމް ކޮށްފި

 

ބާޣީ ލުތުފީ އެދުނުގޮތައް ހުކުމް ކޮށްފި.



 ނޮވެމްބަރ ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބަޣާވާތުގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒު ކުރަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލުމުން ފިލައިގެން އުޅުނު މައްސަލައިގައި 7 މަހާއި 18 ދުވަހަށް އޭނާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ބުދަ ދުވަހު ހުކުމްކޮށްފިއެވެ. 

މި މައްސަލައިގައި ދެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މިއީ ޖިނާޢީ އިޖުރާޢަތުގެ 5 ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. އަދި އެންމެ އަސާސީ އަދަބަކީ 9 މަހާއި 18 ދުވަހަށް ޖަލަށް ލުންކަން ފާހަގަކޮށް ގާޒީ ވިދާޅުވީ، ލުތުފީ ދައުވާއަށް އިއުތިރާފް ވެފައިވާތީ އަދަބުގެ އަސާސީ މިންގަނޑު 1 ދަރަޖަ ދަށްކޮށް، 7 މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކުރައްވާ ކަމަށެވެ. 

ލުތުފީ ކުށަށް އިއުތިރާފުވެ އެދުނީ ދެވެން އޮތް އެންމެ ލުއި އަދަބެއްދިނުމަށެވެ. އޭނާ މާލެގެނަަަަައިރު ބަޣާވާތުގެ ޖަލުހުކުމުގައި ބާކީ އޮތީ 4އަހަރެވެ.

    

.   

Comments

Popular posts from this blog

ސިޔާމުވެސް ރ.އިބޫ އާއި އެކު ކުރިއަށް

ޑިޖިޓަލް އައިޑީ ކާޑް އަންނަ މަހުން ފެށިގެން ބޭނުން ކުރަން ފަށަނީ