ހުޅުމާލޭގެ ކައުންސިލަރުކަމަށް ޝުޖާއު ހޮވިއްޖެ

 ހުޅުމާލޭގެ ކައުންސިލަރުކަމަށް ޝުޖާއު ހޮވިއްޖެ



މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާ ފުރަތަމަ މެމްބަރަކަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު ހޮވިއްޖެއެވެ.

  މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޝުޖާޢުއާ ވާދަ ކުރީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ، ރާއްޖެ ޓީވީގެ ޕްރެޒެންޓަރ ރިޒްނާ ޒަރީރެވެ.

މިހައި ތަނަށް އިއުލާން ކޮށްފައިވާ 2 ފޮށީގެ ނަތީޖާއަށް ބަލާއިރު ޝުޖާ ވަނީ 337 ވޯޓް ހޯދައިފައެވެ. މި ރިޒްނާ ޒަރީރަށް ލިބިފައި ވަނީ 103 ވޯޓެވެ. އިތުރު ފޮށިތަކުގެ ވޯޓްތައް ގުނަމުންދާއިރު އެ ފޮށިތަކުން ވެސް ޝުޖާއު އުޅުއްވަނީ ކުރީގައެވެ.

 

Comments

Popular posts from this blog

ސިޔާމުވެސް ރ.އިބޫ އާއި އެކު ކުރިއަށް

ޑިޖިޓަލް އައިޑީ ކާޑް އަންނަ މަހުން ފެށިގެން ބޭނުން ކުރަން ފަށަނީ

ބާޣީ ލުތުފީީ އެދުނުގޮތައް ހުކުމް ކޮށްފި