ސިޔާމުވެސް ރ.އިބޫ އާއި އެކު ކުރިއަށް

މިއަހަރުގެ ސެޕްޓެމްބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދު، ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ތާއީދުކުރުމަށް ނިންމައިފިއެވެ. މިއަދު ހަވީރު އެމްޑީއޭ އިން ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގައި މިއަހަރުގެ ރިޔާސީ އިންތިހާބަށް ވާދަނުކުރުމަށް ވަނީ ނިންމާފައެވެ. އަދި އެޕާޓީން ނިންމާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހް އަށް ތާއީދު ކުރުމަށެވެ. ރައީސް ސާލިހް ވަނީ ސިޔާމް އާއި އެކު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ދައުވަތުއަރުވައި ސިޓީވެސް ފޮނުވާފައެވެ. އަދި ރައީސް ސާލިހްގެ ފަރާތުން ޓީމެއް މި ހަފްތާގެ ހޯމަ ދުވަހު ވަނީ ސިޔާމް އާއި ބައްދަލު ކޮށްފައެވެ. މީގެ އިތުރުން ހުސްވި ހަފްތާގެ ތެރޭގައި ރައީސް ސާލިހް ވަނީ ސިޔާމް އާއި ބައްދަލުވެސް ކުރައްވާފައެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ފަރާތުން ރައީސް ސާލިހް ތައްޔާރުވަމުން ދާއިރު، ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ކޯލިޝަން ހެދުމުގެ މަޝްވަރާ ޕާޓީތަކާއެކު ކުރުމުގެ ހ...