Posts

ގައުމު ބަނގުރޫޓު ވާން ފެށީމައި ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން: ޝާހިދު

Image
  ގައުމު ބަނގުރޫޓުވާން ފެށުމުން ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ މެންބަރުންގެ އަދަދު މަދުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަ އެވެ. ”ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާވެސް ރަށްރަށުގެ އާންމުހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނި ކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެ ފިނި ކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ،“ ޝާހިދު ވިދާޅުވި އެވެ. ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ދައުލަތުގެ އިސްވެރިޔާގެ ގޮތުގައި އެންމެ މީހަކު ހޮވާއިރު ކުޑަ އާބާދީއެއް އޮންނަ ރަށެއްގައި ގިނަ އަދަދެއްގެ މެންބަރުން އިންތިހާބު ކުރުމަކީ ހަރަދު ބޮޑު ކަމެއް ކަމަށެވެ. އެ ހަރަދު ކުޑަކުރުމުގެ ގޮތުން ކުޑަ އާބާދީތަކުގައި ކައުންސިލް ރައީސާއި ނައިބު ރައީސެއް ހޮ...

ޣައްޒާގެ 90 އިންސައްތަ މީހުން ގެދޮރުނެތް

Image
 އދ.އިން ބުނީ 1.9 މިލިއަން މީހުންގެ ގެދޮރު ނެތިފައިވާ ކަމަށެވެ. ޣައްޒާގައި ދިރިއުޅެނީ 2.1 މިލިއަން މީހުން ކަމަށްވާތީ މިއީ ގާތްގަނޑަކަށް ޣައްޒާގެ މުޅި އާބާދީއެވެ. މި ކަން މިހެން ދިމާވީ ޣައްޒާގެ އުތުރުގައި ބާކީ ތިބި 80،000 މީހުން ޣައްޒާއިން ނުކުތުމަށް އިސްރާއީލުން އެންގުމުން ކަމަށް އދ.އިން ބުންޏެވެ. އދ.ގެ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އިދާރާ ޔޫ.އެން.އާރް.ޑަބްލިޔު.އޭ އިން ބުނީ ޣައްޒާގެ އުތުރުގައިވާ ޝުޖާޔާ ސަރަހައްދުން ހަމާސް "ހުސްކޮށްލައިފައިވާ" ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ކަމަށެވެ. "ޣައްޒާގެ 90 ޕަސެންޓް މީހުންގެ ގެދޮރު މިހާރަކު ނެތް. މިދިޔަ މެއި މަހު ރަފަހްއަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން 1.7 މިލިއަން މީހުންގެ ގެދޮރު ނެތި، މިހާރު އެ އަދަދު ވަނީ 1.9 މިލިއަނަށް އަރައިފައި،" ޔޫ.އެން.އާރް.ޑަބްލިޔު.އޭ.ގެ އޮފިޝަލަކު ވިދާޅުވިއެވެ. ވޭތުވެދިޔަ ނުވަ މަސް ދުވަހު ހަމާސްއާ ދެކޮޅަށް އިސްރާއީލު އަސްކަރިއްޔާއިން ކުރަމުންދާ ހަނގުރާމަ އިސްރާއީލުން ނިންމާލާނީ ކިހިނެތް ކަމާއި ކޮން އިރަކުން ކަމެއް ނޭނގޭ ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވިއެވެ. އިސްރާއީލުން ބުނަނީ ހަނގ...

ތުރުކީން ގެނައި ކާޑުގެ ފުރަތަމަ ޝިޕްމަންޓް ދެމަސް ކުރިން ވިއްކައި ހުސްކޮށްފި: އެސްޓީއޯ

Image
ތުރުކީން ގެނައި ކާޑުގެ ފުރަތަމަ ޝިޕްމަންޓް ދެމަސް ކުރިން ވިއްކައި ހުސްކޮށްފި: އެސްޓީއޯ ތުރުކީން ރާއްޖެއަށް ގެނައި ކާޑުގެ ފުރަތަމަ ޝިޕްމަންޓް ދެމަސް ކުރިން ވިއްކައި ހުސްކޮށްފައިވާ ކަމަށް އެސް.ޓީ.އޯ އިން ހާމަކޮށްފިއެވެ. އެސް.ޓީ.އޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވިދާޅުވީ ތުރުކީން ގެނައި ފުށުގެ ފުރަތަމަ ޝިޕްމަންޓް އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. އަދި އެފަހަރު 20،800 ފުށް ބަސްތާ ގެނައި ކަމަށް ޝާހު ވިދާޅުވިއެވެ. އަދި އޭގެ އިތުރުންވެސް އެހެނިހެން ޒަރޫރީ ތަކެތި ރާއްޖެއަށް ގެނައުމަށް އެސް.ޓީ.އޯ އިން އިސްކަންދޭ ކަމަށް ޝާހް ވިދާޅުވިއެވެ. ޝާހް މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަ ކުރުމަށް ތުރުކީއާއެކު އެއްބަސްވުމެއް ޤާއިމުކޮށްފައިވާ ކަމަށް ޖަނަވަރީ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑީއާތަކަށް ދެއްވި ސްޓޭޓްމަންޓެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަ ކުރުމަށް ތުރުކީއާއެ...

Laamaru kazee nizaamakee MDP ge Dharieh: Ali Asgaru

  ލާމަރުކަޒީ ނިޛާމުއުފެދިގެން އައީ އެމްޑީޕީވެރިކަމުގައެވެ. އެ ނިޛާމުގެ ތެރެއިން ރަށުކައުންސިލްތައް ހިންގައި މައި ސަރުކާރަށް ބަރޯސާ ނުވެ ރަށްފުށުގެ ތަރައްޤީ އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް ކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ.   ހަޤީޤަތަކީ ލާމަރުކަޒީ އެމްޑީޕީ ވެރިކަން ބަދަލުވާކޮންމެ ފަހަރުކެވެސް ލާމަރުކަޒީ ނިޛާމު ފުނޑު ފުނޑުކޮށްލާކަމެވެ. ޔެސް ޓީވީގެ ބަހުސްގައި ބާރަށުދާއިރާގެ އެމްޑީޕީ ކެނޑިޑޭޓް ވިދާޅުވީ ލާމަރުކަޒީ ނިޛާމަކީ އެމްޑީޕީގެ ބަނޑުން އުފަންވި އެމްޑީޕީގެ ދަރިއެއްކަމެވެ.  އެނިޛާމު ޕީޕީއެމް އަދި ޕީއެންސީ އަކަށް ނޭންގޭނެކަމަށެވެ.

ސިޔާމުވެސް ރ.އިބޫ އާއި އެކު ކުރިއަށް

Image
    މިއަހަރުގެ ސެޕްޓެމްބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދު، ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ތާއީދުކުރުމަށް ނިންމައިފިއެވެ. މިއަދު ހަވީރު އެމްޑީއޭ އިން ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގައި މިއަހަރުގެ ރިޔާސީ އިންތިހާބަށް ވާދަނުކުރުމަށް ވަނީ ނިންމާފައެވެ. އަދި އެޕާޓީން ނިންމާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހް އަށް ތާއީދު ކުރުމަށެވެ. ރައީސް ސާލިހް ވަނީ ސިޔާމް އާއި އެކު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ދައުވަތުއަރުވައި ސިޓީވެސް ފޮނުވާފައެވެ.  އަދި ރައީސް ސާލިހްގެ ފަރާތުން ޓީމެއް މި ހަފްތާގެ ހޯމަ ދުވަހު ވަނީ ސިޔާމް އާއި ބައްދަލު ކޮށްފައެވެ. މީގެ އިތުރުން ހުސްވި ހަފްތާގެ ތެރޭގައި ރައީސް ސާލިހް ވަނީ ސިޔާމް އާއި ބައްދަލުވެސް ކުރައްވާފައެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ފަރާތުން ރައީސް ސާލިހް ތައްޔާރުވަމުން ދާއިރު، ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ކޯލިޝަން ހެދުމުގެ މަޝްވަރާ ޕާޓީތަކާއެކު ކުރުމުގެ ހ...

ދެކުނުގެ 4 އަތޮޅު މިއަހަރު އާރުޓީއެލް އިން ގުޅާލާނީ

Image
ދެކުނުގެ 4 އަތޮޅު މިއަހަރު އާރުޓީއެލް  އިން ގުޅާލާނީ  ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ޞާލިހް ވިދާޅުވީ އެއް ރަށް އަނެއް ރަށާއި، އެއް އަތޮޅު އަނެއް އަތޮޅާ ގުޅި، މުޅި ރާއްޖޭގައި އެކީއެކަށް ހިނގާ އިޤްތިޞާދީ އިންޖީނަކީ، ދަތުރުފަތުރުގެ ނިޒާމުކަމަށެވެ. ބޮޑުތިލަދުންމަތީގެ އިތުރުން، ފާދިއްޕޮޅުގެ ހުރިހާ ރަށެއް އާރުޓީއެލްގެ ޚިދުމަތުން ގުޅި، އޭގެ ފަސޭހަކަން ލިބެމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މުޅި ރާއްޖެ ހުރިހާ ރަށެއް އާރުޓީއެލް ފެރީގެ ނިޒާމުން ގުޅުވާލާނެކަމަށެވެ. "އިރާދަކުރެއްވިއްޔާ، މި އަހަރު ނިމުމުގެ ކުރިން ހުވަދުއަތޮޅާއި، ފުވައްމުލަކު އަދި އައްޑޫ، އާރު.ޓީ.އެލް.ގެ މި ނިޒާމުން ގުޅައިލާނެ. މިގޮތަށް ކުރިއަށް ގޮސް، ރާއްޖޭގެ ހުރިހާ ރަށެއް، އާރު.ޓީ.އެލް. އިން ގުޅައިލާނަން. އާރު.ޓީ.އެލް.ގެ މިނީބަހުގެ ޚިދުމަތް، މާލެ ސަރަޙައްދާއި، ބޮޑެތި ރަށްތަކުގައި ފެށިއްޖެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުން އަމާޒުކޮށްފައިވަނީ އަންނަ އަހަރުގެ ނިޔަލަށް މުޅި ރާއްޖެ އާރިޓީއެލް ފެރީ ނިޒާމުން ގ...

ބިދޭސީންނަށް ތިލަފުށިން ބިން ވިއްކުން ހުއްޓާލަން ގޮވާލައިފި

Image
 ބިދޭސީންނަށް ތިލަފުށިން ބިން  ވިއްކުން ހުއްޓާލަން އެމް.އެން.ޕީ  އިން ގޮވާލައިފި ތިލަފުށީގެ ސިނާޢީ ސަރަޙައްދުން ބޭރުގެ ފަރާތްތަކަށް ބިންވިއްކުމަށް ސަރުކާރުން ހުޅުވާލުމުން އެކަން ބަދަލުކުރަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައިފި އެވެ. ތިލަފުށިން ސިނާއީ ބޭނުމަށް ފިޔަވަހިތަކަށް ބަހާލައިގެން ބީލަމުގެ އުސޫލުން ބިން ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ ނިންމައި އުސޫލެއް އާންމުކޮށްފަ އެވެ. އެގޮތުން ދިވެހިންނާއި ބޭރު ފަރާތްތައް ހިމެނޭހެން އަމިއްލަ ފަރުދަކަށް ނުވަތަ ކުންފުންޏަކަށް ވެސް ބީލަން ހުށަހެޅިދާނެ އެވެ. އަދި ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ކުންފުންޏެއްނަމަ އެ ފަރާތަކަށް ބިން މިލްކު ކުރެވޭނެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރާނީ 99 އަހަރަށެވެ. މި އުސޫލުގެ ދަށުން ސިނާއީ ބޭނުމަށް ވިއްކާ ބިންތަކުގެ ބީލަން ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1700 ރުފިޔާ އެވެ. މިކަމާ ގުޅިގެން އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ބޭރުގެ މީހުންނާއެކު ވާދަކޮށްގެން ބި...