Posts

Showing posts from March, 2021

ހއ.ބާރަށު މޮނިޓަރިން ހާލަތު އުވާލައިފި

Image
 ހއ.ބާރަށު މޮނިޓަރިން ހާލަތު އުވާލައިފިއެވެެ. ބާރަށުން 36 މީހަކު ވަނީ ފައްސިވެފައެވެ. އޭގެތެރެއިން 13މީހަކު މިހާރުވަނީ ބަލިން ފަސޭހަވެފައެެެވެ.

Kenabis gahehkamah shakkukurevey gaheh maaleygai.

Image
މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ. މި ގަސް ފެނިފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލް ބޭރުގައި ހައްދާފައިހުރި ގަސްތަކެއްގެ ތެރެއިންނެވެ. މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން ކެނެބިސްގަހެއް ފެނިގެން ފުލުހުން އެ ސަރަހައްދުގައި އަންގާރަ ދުވަހު ހަރަކާތްތެރިވެފައި ކަމަށެވެ. މިކަމާ ގުޅުންހުރި އިތުރު ތަފްސީލް ފުލުހުން އަދި ހާމަކޮށްދީފައެއް ނުވެއެވެ. ނަމަވެސް މިކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް މިހާރު ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.  ކެނަބިސްއަކީ އާންމުގޮތެއްގައި މަސްތުވުމަށް ބޭނުންކުރާ ޒާތުގެ ފަތެކެވެ. އަދި ސިއްހީ އެކިއެކި ފަރުވާތަކަށްވެސް ދުނިޔޭގެ އެކި ސަރަހައްދު ތަކުގައި މި ފަތް ބޭނުންކުރެއެވެ. ކެނެބިސް އެތެރެކުރުމާއި ބޭނުންކުރުމުގެ ކުށަކީ ފަހަކަށް އައިސް ރާއްޖޭގެ މުޖުތަމައުގައި އާންމުވެފައިވާ މައްސަލައެކެވެ. މި ފަދަ މައްސަލަތަކާ ގުޅިގެން ކޯޓުތަކުން ވަރަށް ބޮޑެތި ހުކުމްތައްވެސް އިއްވާފައިވެއެވެ.

9 aharuge kujjaku haafizkamusanadho haasilkohfi

Image
އަޝްހަމްގެ ސަނަދު     މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރު، މުހައްމަދު އަޝްހަމް 9، މއ. އަރިވަރު، ކީރިތި ގުރުއާން ހިތުދަސްކޮށް، ހާފިޒްކަމުގެ އިމްތިހާނު ނިންމައި ގުރުއާން ހިފްޒު އިމްތިހާން ކުރާ ކޮމެޓީއަށް ކިޔައިދީ ސަނަދު ހާސިލްކުރީ ފެބުރުއަރީ މަހުގައެވެ. މި އިމްތިހާނުން އަޝްހަމް ފާސްވެފައިވަނީ އެވަނަ ދަރަޖައިގައެވެ. އަޝްހަމް ވަނީ އޭނާގެ އުމުރުން 5 އަހަރުގައި ޤުރުއާން ހިތުދަސްކޮށް، ސްކޫލަށް  ކިޔައިދީފައެވެ. ހާފިޒުކަމުގެ ސަނަދު ނެގުމުގެ މަސައްކަތް އަޝްހަމް ފެށީ އޭނާގެ އުމުރުން 5 އަހަރުގައި 2017 ވަަނަ އަހަރުއެވެ. އެހާ ޅައުމުރުގައި ޤުރުއާން ހިތުދަސްކުރުމުން އެއިރު ސައުދީ އެމްބަސީންވަނީ އަޝްހަމްގެ ކިޔެވުމަށް 1000 ޑޮލަރުގެ އެހީއެއް ދިީފައެވެ. މިއާއެކު މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ހިލޭ ކިޔެވުމުގެ ފުރުސަތު ވެސް ސައުދީ އެމްބަސީންވަނީ އަޝްހަމަށް ހަމަޖައްސައިދީފައެވެ. އަޝްހަމަކީ އޯޓިޒަމް އަދި އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސްއޯޑަރ (އޭޑީއެޗްއޭޑީ) ހުންނަ ކުއްޖެކެވެ

17 aharuge dhivehi kujjaku 38kg voshimaheh baanaifi.

Image
  ނިފާޒު   ފ. ބިލެތްދު އަށް ނިސްބަތްވާ އުމުރުން އެންމެ 17 އަހަރުގެ ދިވެހި ފިިރިހެން ކުއްޖަކު 38 ކިލޯގެ މަހެއް ބާނައިފިއެވެ. އޭނާ މި ބޮޑު މަސް ބާނާފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އެއީ "ވޮށިމަހެއް" ކަމަށެވެ. އެ މަސްް ބޭނުމަށް ފަހު ކިރި އިރު އޭގައި 38 ކިލޯ ހުރި ކަމަށް އޭނާ ބުނެފައިވާކަމަށް ވަގުތުނޫހުގައި ރިޕޯޓުކޮށްފައިވެއެވެ. މި މަސް ބޭނީ ފ. އަތޮޅުންނެވެ. މިމަސް ބޭނިި ނިފާޒުއަކީ އުމުރުން 14  އަހަރުން ފެށިގެން ސްޕޯޓްްްްސް ފިށިން ގައި އުޅޭ ކުއްޖެކެވެ.

އުތީމުން ބާރަށަށް އޮޑިފުރާ މަސް ހަދިޔާކޮށްފި

Image
  އުތީމު ހަދިޔާ/ނަޒީހުފޮޓޯ  އުތީމުރައްޔިތުންް ބާރަށު ރައްޔިތުންނަށް   މަސްހަދިޔާކޮށްފިއެވެ. ބާރަށަށް ދިމަާވި ކޮވިޑުގެ ހާލަތުގައި އަވައްޓެރި މުރައިދޫ އާާއިި ބާރަށު ދާއިރާގެެ މެމްބަރު އަބްދުﷲ އަހްމަދު އަދި ބާރަށު ކައުންސިލް މެމްބަރުކަމަށްވާ ހަަމައެކަނި މިނިވަންކެންޑިޑޭޓް މުމްތަހާޒު ވެސް ވަނީ މަސްހަދިޔާކޮށްފައެވެ. މިއެންމެހާ ފަރާތްތަކަށް ބާރަށު ރައްޔިތުންދަނީ ޝުކުރުތައް އޮއްސަމުންނެވެ.  ބާރަށުގައި މިހާތަނަށް 621 ސާމްޕަލް ނަަަގާާަަަފައިި ވާއިރު 36 މީހަކު ވަނީ ފައްސިވެފައެވެ.

ކެމްޕެެެެެއިން އުސޫލު އުވާލަންޖެހިއްޖެ

Image
    އެޗް.ޕީ.އޭ އިން އިންތިހާބާ ބެހޭ ގަވައިދުގެ، ކެމްޕެއިން ކުރުމަށް ކަރަންޓީނު ވުމަކާއި ނުލާ އެއްރަށުން އަނެއްރަށަށް އަރާފޭބޭނެކަމަށް އެކުލަވާލި އުސޫލު، ރައްޔިތުން ރަތައްއެރުމުން، އުވާލައިފިއެވެ. ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލް އިންތިހާބު ކުރިޔަށް ގެންދިއުމަށް އަމަލުކުރުމަށް  ގެނައި އިސްލާހުގެ 12ވަނަ މާއްދާ އުވާލަން ނިންމިކަމަށް އެޗް.ޕީ.އޭ އިން ހާމަކުރީ ރޭ 23:02ގައި ކުރި ޓުވީޓަކުންނެެވެ.  އެޗް.ޕީ.އޭ ގެ ގިނަ ނިންމުންތައް ސިޔާސީ ކަމަށާއި، ސަރުކާރުން އެދޭގޮތަށް ކަންކަން ކުރާކަމަށް ބައެއް ރައްޔިތުން ފާހަގަކުރެއެވެ. އަދިި އިއްޔެ ސަރުކާރު ހިންގާ ޕާޓީން އެޗް.ޕީ.އޭ ގައިޑްލައިނާ ހިލާފަށް ހުޅުމާލޭގައި ބޭއްވި ހަފުލާކާއި ގުޅިގެން ރައްޔިތުންގެ ފާޑުކިޔުން އެމްޑީޕީ ގެ ނަމޫނާ ކެމްޕެއިންނަށް އަމާޒުވުމާއި ގުޅިގެން ބުނެފައިވަަނީ އެއީ އެޗްޕީއޭ އިން ހުއްދަނަގައިގެން ހިންގި ހަރަކާތެއްކަމަށްށެވެ. ކޮންމެއަކަސް 12 ވަނަ މާއްދާއަށް ގެނައި އުސޫލު އުވާލުމާއިގުޅިގެން ދެން ކެމްޕެއންނަށް ދެވޭނީ ކަރަންޓިނު ވާގޮތަށެވެ.

3 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

Image
ބާާރަށުން އިއްޔެ ނެގި 58 ސާމްޕަލްގެ ތެރެއިން 3 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެރަށުން އިތުރު 3 މީހަކު ޕޮޒިޓިވްވުމާއެކު، އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 36 އަށް އަރާފައެވެ.

ބާޣީ ލުތުފީީ އެދުނުގޮތައް ހުކުމް ކޮށްފި

Image
  ބާޣީ ލުތުފީ އެދުނުގޮތައް ހުކުމް ކޮށްފި.   ނޮވެމްބަރ ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބަޣާވާތުގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒު ކުރަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލުމުން ފިލައިގެން އުޅުނު މައްސަލައިގައި 7 މަހާއި 18 ދުވަހަށް އޭނާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ބުދަ ދުވަހު ހުކުމްކޮށްފިއެވެ.  މި މައްސަލައިގައި ދެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މިއީ ޖިނާޢީ އިޖުރާޢަތުގެ 5 ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. އަދި އެންމެ އަސާސީ އަދަބަކީ 9 މަހާއި 18 ދުވަހަށް ޖަލަށް ލުންކަން ފާހަގަކޮށް ގާޒީ ވިދާޅުވީ، ލުތުފީ ދައުވާއަށް އިއުތިރާފް ވެފައިވާތީ އަދަބުގެ އަސާސީ މިންގަނޑު 1 ދަރަޖަ ދަށްކޮށް، 7 މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކުރައްވާ ކަމަށެވެ.  ލުތުފީ ކުށަށް އިއުތިރާފުވެ އެދުނީ ދެވެން އޮތް އެންމެ ލުއި އަދަބެއްދިނުމަށެވެ. އޭނާ މާލެގެނަަަަައިރު ބަޣާވާތުގެ ޖަލުހުކުމުގައި ބާކީ އޮތީ 4އަހަރެވެ.      .   

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 21،000ން މައްޗަށް

Image
  ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 21،034ށް ވަނީ އަރައިފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،535ކެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 165 މީހަކަށް ފަރުވާދެމުން އަންނައިރު، 64 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ. އަދި 18،428 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. އެޑްމިޓް ކުރަން ޖެހުނު މީހުންގެ އަދަދު 2500ށް ވުރެ ގިނަކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެއެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުންނަށް ފަރުވާ ދީފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައިކަމަށްވާއިރު، ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން ކޮވިޑް-19އަށް އަދި އެހެނިހެން ބަލިތަކަށް ފަރުވާދޭން ތިބީ އެއް ބައެއްކަމަށާއި، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާންދޭން ޖެހޭ ބަލިމީހުންގެ އަދަދު ދަށަށް ނުދާކަމަށް އެޗްއީއޯސީން ބުނެއެވެ. Vote munthey  ✔ barashu council 13  ރާއްޖެއިން ކޮވިޑް-19ގެ ތިން ވަނަ ރާޅާއި ކުރިމަތިލާފައިވާއިރު، ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއް ސަރަހައްދަކަށް އެއްވުން މަނާކޮށްފައިވާއިރު ހާއްސަ ހުއްދ...

ބާރަށަށް މުންތޭ

Image
މުންތޭ މުމްތަހާޒު ޢަބްދުއްރަޙީމް، (އާންމުނަމުންނަމަ މުންތޭ ނުވަތަ  ބަރޯ ) އަކީ ބާރަށު ކައުންސިލަށް ވާދަކުރައްވާ ހަމައެކަނިި މިނިވަންކެންޑިޑޭޓެވެ.          މުުންތޭ ތަޢުލީމް ޙާސިލްކުރެއްވީ މާލޭ، މަދްރަސަތުލް ޢަމީރު އަޙްމަދުންނެވެ. ތަޢުލީމީ ދުވަސްވަރުވެސް މުންތޭއަކީ ކާމިޔާބު އަދި ކޮންމެ ހަރަކާތެއްގައިވެސް އަމިއްލައަށް އިސްނަންގަވައިގެން އުޅުއްވާ ދަރިވަރެއްގޮތުގައިފާާހަގަކޮށްލެެެވެއެވެ. ރަށުއެންމެންވެސް ދަންނަ މުންތޭއަކީ މަޖާޒީ މިޒާޖެއްގެ ބޭފުޅެކެވެ.އެންމެނާއިވެސް ގުޅޭ ބޭފުޅެކެވެ. ރަށުރައްޔިތުންގެ މެދުގައި މުންތޭ މަޤްބޫލުކަން ހޯދާފައިވަނީ ސަޤާފީ ހަރަކާތްތަކާއި އީދު ސްޓޭޖްމަތިން މީހުންގެ ތުންފަތްމަށްޗަށް ހިނިތުންވުން ގެނެސްދެއްވާތީއެވެ. ޒުވާނުން މެދުގައި ހާއްސަކޮށް މުންތޭގެ ރަންދުވަސް ވަރުގައި ފުޓްބޯޅަދަނޑުންނެވެ. ''ދަނޑުމަތީގައިނަމަ ރޫނީއޭ ގޮވާނެ، ދެން ކުޅިބަލަން ތިއްބަވާބޭފުޅުން މަޖަލަކަށް ހައްދަވައިގެން އެއީ''  ފޯރީއާއިއެކު ހިނިތުންވަމުން މުންތޭވިދާޅު ވިއެވެ.  MACL ސިޔާސީ މައިދާނުގައި މުންތޭ އަކީ ދޫކޮށްލާވަރުގެ ބޭފުޅެއްނޫނެވެ.އޭޭނާވަނީ އެެެެެެެެމްޑީ...

ދެލައްކަ އަށްވުރެ ގިނަ ފަތުރުވެރިން އައިސްފި

Image
  2021ގެ މިހިނގާ މާރޗްމަހުގެެ 4 ވަނަ ދުވަހާއި ހަމައަށްވެސް 200000އަށް ވުރެއް ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.  2019 އަހަރުގެ ސީޒަންތެރެއިން ކޮވިޑް19 ގެ ސަބަބުން އެތަކެެއްް ބަޔަކު އެބަލީގައި ދުނިޔޭގެ އެކި ހިސާބުތަކުން މަރުވެފައިވެއެވެ.އަދި ބަލިފެތުރުން ކޮންޓްރޯލް ނުކުރެވި މުޅިދުނިޔެ ފުރަބަންދަކަށް ދިޔައިރު ރާއްޖޭގެ އެތައް މަސައްކަތްތެރިންނެއް ވަނީ  ބިކަވެފައެވެ. މިއަހަރު މިހާތަނަށް އައިރު ރާއްޖޭގެ އިގްތިޞާދަށް ކޮންމެސްވަރެއްގެ ހެޔޮބަަަަަަަަލެއް އަންނަން ފަށައިފަައވަނީ ޓޫރިޒަމް އަލުން ހުޅުވާލުމުންކަންފާހަގަކުރެއެވެ. ފަތުރުވެރިންގެ އެންމެގިނައިން ޒިޔާރަތް ކޮށްފައިވަނީ އަވަށްޓެރި އިންޑިޔާއިންނެވެ.

ރާއްޖެއަށް އަސްތަކެއް ގެނެސްފި

Image
  ރާއްޖޭގެ ތާރީހުގައިވެސް އަސް ގެނައީ އަދި ފުރަތަމަ ފަހަރަށެވެ.އިނގިރޭސިން އުޅުނީވެސް ވެހިކަލް ގައެވެ. ރާއްޖެއަށް އަސްތަކެއް ގެނައީ އައްޑުު އަށެވެ.  "ސަރުކާރުން ދެކޭގޮތުގައި އަސް ގެނެސްގެން އައްޑޫ ތަރައްޤީ ކުރެވިދާނެ ކަމަށް ހީވަނީއޭ" ރައްޔިތަކު ހިއްސާކުރިއެވެ. ބެލެވޭގޮތުގައި ރާއްޖެތެރޭންނާއި ބައެއް ބޭރުކަރަ ކަރައިންވެސް އަސްދުއްވާލަން އައްޑުުައަަށްް އައުމަށް މީހުން ތިބީ ކެތްމަދުވެފައެވެ.

ކޮވެކްސް އިން ކޮވިޝީލްޑް ވެކްސިންގެ 12،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފި

Image
  ކޯވިޑް-19 ވެކްސިންސް ގްލޯބަލް އެކްސެސް (ކޮވެކްސް) އިން ކޮވިޝީލްޑް ވެކްސިންގެ 12,000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

Addu in covid jehunu 64 meehun ragalhuvejje.

Image
  އޭއީއޯސީ އިން ބުނީ ފާއިތުވި ދެ ދުވަހު އައްޑޫން އިތުރު ކޮވިޑު ކޭސްއެއް ނުފެންނަކަމަށެވެ. އަދި އައްޑޫން ކޮވިޑު ޖެހުނު 92 މީހުންގެ ތެރެއިން މިހާތަނަށް 64 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. މި ވަގުތު އައްޑޫގައި ބަލި ޖެހިފައި ތިބީ ޖުމްލަ 28 މީހުންނެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނީ އައްޑޫ ކޮވިޑު ފެސިލިޓީގައެވެ. އައްޑޫން ފުރަތަމަ ކޮވިޑު ކޭސްތަކެއް ފެނުނީ މިދިޔަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ހުޅުމީދޫ އެމްޓީސީސީ ސައިޓުންނެވެ. އެތަނުގައި މަސައްކަތް ކުރާ ބިދޭސީން ތަކެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ހުޅުމީދޫ މޮނިޓަރިންގެ ހާލަތަށް ގެނެވުނެވެ. އޭގެ ފަހުން ފެބްރުއަރީ 4 ވަނަ ދުވަހު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ފުލޫ ކުލިނިކަށް ދެއްކި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން މުޅި އައްޑޫ ލޮކްޑައުން ކުރިއެވެ. އައްޑޫން ކޮވިޑު ފެނުމާއި ގުޅިގެން މިހާތަނަށް 3911 މީހެއްގެ ސާމްޕަލް ނަގާފައިވެއެވެ. އަދި 208 އިމާރާތެއް ކަރަންޓީނުކޮށްފައިވާ އިރު 472 މީހަކު ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ދެން ކަރަންޓީން ވާކަށް ނުޖެހޭނެ. ހެލްތު މިނިސްޓަރ

Image
     ވެކްސިން 2ވަނަ ޑޯޒްް ފުުުުުރިހަމަަަަކުުުރުމުން ފަަަސޭހަކަަަަަަަމާއިއެކު ދަަަަތުރުކުރެވޭޭޭޭނެ ކަަަަމަށާއި ކަަަަރަންޓީންވާާާާންް ނުޖެހޭކަމަށް ހެެެެލްތުމިނިސްްޓަަަރ ވިދާޅުވެއްޖެއެވެ.    ''ދެޑޯޒް ފުރިހަމަކޮށް ވެކްސިން ޕާސްޕޯޓް އޮތީވިއްޔާ، ދަތުރުކުރުމާއި ރާއްޖޭގެ އެއްތަނުން އަނެއްތަނަށްވެސް ދަތިކަމެއްނެތި ދެވޭނެ'' މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވިއެވެ. 

WAMCO clears waste on islands

Image
WAMCO clears landfills in Kaashidhoo and Thulusdhoo islands. Wamco 📷   Waste Management Corporation Limited (WAMCO) have been undertaking their assigned task of clearing out waste from islands across Maldives, with substantive progress from the islands of Kaashidhoo and Thulushdhoo in Kaafu atoll. The incumbent administration had assigned WAMCO to clear landfills from the 20 islands with the most accumulated waste across Maldives, within a period of seven months. WAMCO have been providing updates on their efforts through their twitter handle, which detail that substantive work was done to clear collected waste from the islands Kaashidhoo and Thulushdhoo of Kaafu atoll. WAMCO have revealed that they cleared 2,800 tonnes of waste from K. Thulusdhoo over a period of two weeks. WAMCO also confirmed that they had cleared the lands surrounding Thulusdhoo's waste dumping site under the project, where waste had been disposed of illegally. In addition to this, under the project to clear du...

މުރައިދޫއިން އަނެއްކާވެސް ހަދިޔާ

Image
ޝުޖާއުގެ ޕޯސްޓަކުން ނަޒީހު  ފޮޓޯ  ބާރަށުން ކޮވިިޑް ކޭސްތަކެއް ފެނި މުޅިރަށް ބިރުވެރިކަމާއި ހިތާމައިގެ ހާލަތުގައި އޮއްވާ އަވައްޓެރި މުރައިދޫ ރައްޔިތުންގެެ ފަރާތުން މީގެކުރިން ވަނީ ތާޒާ ކަނޑުމަސް ހަދިޔާ ކޮށްފައެވެ. އެދުވަހު މުރައިދޫ ރައްޔިތުންް މަސް ހިފައިގެންް ބާރަށު ޖެޓީއަށް ކައިރިކުރި އިރު މަސްދޯނީގައި ދަމާފައި ބެނާއެއް ހުއްޓެވެ. އޭގައި ވަނީ '' ބާރަށު ރައްޔިތުންނާއިއެކު މުރައިދޫ ރައްޔިތުން" މިހެނެވެ.           އެވަރަކުން އަދި ނުނިމެއެވެ. މުރައިދޫ ރައްޔިތުން ބުނީ، ބާރަށަށް ދިމާވި ހިތާމައިގައި ބައިވެރިވެ އަދި ކޮވިޑުން ސަލާމަތްވުމަށް އެކީގައި މަސައްކަތް ކުރާނެކަމަށާއި، ހެޔޮދުއާ ކުރާކަމަށެވެ.  މިއަދު އަނެއްކާ މިވަނީ މުރައިދޫ ރައްޔިތުންގެ ފަރާތުން ހަނޑުލާއި ނޫޑްލިސް ކޭސް ހަދިޔާކޮށްފައެވެ. މިކަމާއި ގުޅިގެން ބާރަށު ރައްޔިތުންގެ ނަމުގައި ކައުންސިލް މެންބަރުންނާއި، ބާރަށު ދާއިރާ ކުރީގެ އިއްޒަތްތެރި މެމްބަރު ވެސް ވަނީ ޝުކުރު ދަންނަވާފައެވެ. ކޮންމެއަކަސް މިކަމަކީ މުރައިދޫ ރައްޔިތުން ފަރާތުން ދެއްކެވި ނަމޫނާއެކެވެ. ބާރަށުން މިހާރު ވަނީ ޖުމްލަ 25 މީހުން ކޮވިޑ...